މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިކަގަސް ސަރަޙައްދުގައި ވާރޭފެން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 ބީލަން ހުށަހެޅުމުގެ ދައުވަތު

ނިކަގަސް ސަރަޙައްދުގައި ވާރޭފެން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:IUL)303-AS/2014/69)ފ23 އޮކްޓޫބަރު 2014 ގައި ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ، އަލުން އިޢުލާންކުރަމެވެ.

1. އުނގޫފާރު ނިކަގަސް ހިމެނޭ ސަރަޙައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް އުނގޫފާރު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 1:00 ގައި އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  ހ. ރ. އުނގޫފާރުގެ (ނިކަގަސް ސަރަހައްދުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

09 ނޮވެންބަރު 2014
ހޯދާ