ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: 656MNU-HR/2014/

ތާރީޚު: 10 ނޮވެންބަރު 2014

މަޤާމު:

 ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 6,295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,659 ރުފިޔާ

ކްލެސިފޭކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 2

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުތަވަ،

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިފުން. ނުވަތަ،

5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެޗް.އާރ. ސިސްޓަމުގެ އެޑްމިނިސްޓްރޭޓަރެއްގެގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ފަންކްޝަންކުރުވައި، އެ ސިސްޓަމް އިތުރަށް ތަރައްޤީކޮށް، މި ސިސްޓަމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތްކުރުމާއި، މިކަމާ ގުޅޭ ތަމްރީން ހިންގުން.
  2. ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ އެހެނިހެން ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް ލިޔުމާއި، އެ ސޮފްތުވެއަރތައް އިތުރަށް ތަރައްޤީކުރުމާއި، ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ އެ ހޯދުމުގައި އެހީތެރިވުން.
  3. ނެޓްވާރކު މައްސަލަތަކާއި ނުލާ ދެމިހުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމާއި، ބޭނުންވާ އެންމެހައި ކަންތައްތައް ކުރުމާއި، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާއި ޓެކްނިކްތައް ދެނެގަނެ، އެ ކަންތައްތަކުގެ އެހީގައި، ނެޓްވާރކުގެ ސެކިޔުރިޓީ އަންގާ ގޮތެއގެމަތިން ބެލެހެއްޓުން.
  4. ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތް ވީހާވެސް ޚަރަދުކުޑަ، ބޭނުންތެރިގޮތަކަށް ދިނުމާއި، އެކަންތައް ބެލެހެއްޓުން.
  5. އިދާރީ މަރުކަޒުގެ ކޮމްޕިޔުޓަރާއި ޕްރިންޓަރާއި މިނޫނަސް އައިޓީއާ ގުޅުންހުރި ތަކެތި، އަންގާ ގޮތެއްގެމަތިން ބެލެހެއްޓުން.
  6. މަރުކަޒީ އިދާރާގެ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާއި، ނެޓްވާރކުގެ ޒަރީޢާއިން މަރުކަޒީ އިދާރާއާއި ފެކަލްޓީތަކާއި ސެންޓަރުތަކަށް، ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ، އަންގާ ގޮތެއްގެ މަތިން ފަރުމާކޮށް ބެލެހެއްޓުން.
  7. އިންފޮމޭޝަންއެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެ ކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  8. މީގެއިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ހަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:  

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

 

ސިޓީ ފޮނުވަންވީ ތާރީޚް:   

2014 ނޮވެންބަރު 17 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
10 ނޮވެންބަރު 2014
ހޯދާ