މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު:TEB/2014/122

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތުު

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް، ވިލިނގިލީއަވަށުގައި ތިއްބަވާ ފުލުހުންގެ ބޭފުޅުންނާއި، ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL)13-K/13/2014/259) އާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގައި 23 ނޮވެންބަރު 2014ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ.

3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ނޮވެންބަރު 2014ވާ ހޯމަ ދުވަހުގެ 13:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 03 ޑިސެންބަރު 2014ވާ ބުދަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

5. މި ޕްރޮޖެކްޓުތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމުކުރަންޖެހޭނީ ވިލިނގިލީއަވަށުގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަސް ވަންދެން އެކްސްޕީރިއެންސްގެ ބަޔަށް މާކްހެއް ނުދެވޭނެއެވެ.

7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:

  • މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
  • ތަޖުރިބާ (ދެވޭ މާކްސް 20، ފާސްވާ މާކްސް 10)
  • ޓެކްނިކަލް (ދެވޭ މާކްސް 5)
  • މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)

8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓުގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

06 ނޮވެންބަރު 2014
ހޯދާ