މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެންޓަލް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

ޑެންޓަލް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014
ހޯދާ