ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިންސްޕެކްޓަރ

މަޤާމު: އިންސްޕެކްޓަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސަރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ސެކްޝަން: މޮނިޓަރރިންގ އެންޑް އިންސްޕެކްޝަން

އަދަދު: 5

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ އުސޫލުން

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ނިންމާފައިވުން. ނުވަތަ ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

- އިންސްޕެކްޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ރަށުތެރެ ބެލެހެއްޓުމެވެ. އެގޮތުން ހުޅުމާލެ މަގުތަކާއި ޕޭމަންޓް އަދި މަގުތަކުގައި ޖަހާފައިވާ ލައިޓް، ކެމެރާ، މަގުތަކުގެ ނަންބޯޑުތައް ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުމާއި އަދި މިކަމާ ގުޅޭ މައްސަލައެއް ވާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް އެންގުން.

- ފުލެޓް ސަރަޙައްދާއި، ފުލެޓްތަކުގެ ފާރުގައި ލިޔޭތޯ ބެލުމާއި ހޭޅިފަށުގައި އަލިފާން ރޯކުރޭތޯ ބެލުން އަދި މިކަންކަން ހުއްޓުވުން.

- އެޗް.ޑީ.ސީ އިން ސާފުކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުން ތަންތަން ރަނގަޅަށް ސާފުކުރޭތޯ ބަލައި މައްސަލަ އެއްވާނަމަ އެކަން ރަނގަޅުކުރުން.

- ކުނި ގޮނޑު ބަލައި ޗެކުކޮށް އެތަނުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.

- ލޯކަލް މާރުކެޓް އަދި މަސްމާރުކެޓް ފަދަ ސަރަޙައްދުތައް ޗެކުކޮށް ބެލުމާއި، މައްސަލައެއް ވާނަމަ އެކަމާމެދު ފިޔަވަޅު އެޅުން.

- އެޑްމިން އިން އަންގާފައިވާ ޝެޑިއުލްއާ އެއްގޮތްވާ ގޮތުގެ މަތިން މައި އޮފީސް ހުޅުވައި ލެއްޕުން.

- މަސައްކަތާ ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.

- މަސައްކަތް ކުރެވޭނެ ސިއްޙަތެއްގައި ހުރުން

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

މުސާރަ: 4300.00 ރ (އެލަވަންސްތަކާއެކު މަދުވެގެން 9007.50 ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ ހަމަޖެހިފައިވާ އުޞޫސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓު އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓު ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި މަޤާމުތަކުގައި އަދާކުރަންޖެހޭ ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ބާވަތުން މި މަޤާމުތަކަށް މުވައްޒަފުން ޢައްޔަނުކުރުމުގައި އުމުރުން 55 އަހަރަށްވުރެ ހަގު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                     3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                  ނުވަތަ                   ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                                         ފޯނު: 3353535   

ފެކްސް: 3335892                                                      ފެކްސް: 3358892

06 ނޮވެންބަރު 2014
ހޯދާ