މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ވެހިކަލް ގަތުމާބެހޭ

މި ސަރވިސްގައި ބޭނުން ކުރުމަށްޓަކައި 02 ވެހިކަލް ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)167-E/1/2014/44) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސްގައި ބޭނުން ކުރުމަށްޓަކައި 01 ކާރާއި 1 ޕިކަޕް ގަންނަން ބޭނުވެއްޖެއެވެ.

ވީމާ، މިސަރވިސްއަށް ވެހިކަލް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

12 ނޮވެންބަރު 2014

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

18 ނޮވެންބަރު 2014

އަންގާރަ

11:00

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ