މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މި ސްކޫލުގެ ސްޓާފްރޫމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: 41/IUL)MUH-01/1/2014) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މި ސްކޫލުން ތަކެތި ދިނުމުން މި ސްކޫލުގެ ސްޓާފްރޫމުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް އެދިލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހުށަހެޅޭ ބިޑަށް ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު:-

 އަގު: 85 ޕޮއިންޓް

 ހުށަހެޅި އަގު / ހުށަހެޅޭ އެންމެ ހެޔޮއަގު 85x

 މުއްދަތު: 5 ޕޮއިންޓް

 ހުށަހެޅި މުއްދަތު / ހުށަހެޅޭ އެންމެ ކުރު މުއްދަތު 5x

 ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލައި (އެންމެ މަދުވެގެން 03 ލިޔުން އޮންނަންވާނެއެވެ.)

އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 12 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:15 ގައި މުޙްޔިއްދީން ސްކޫލުގައެވެ.

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ސްކޫލަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3390634 ނަންބަރު ފޯނާއެވެ.
04 ނޮވެންބަރު 2014
ހޯދާ