ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މޭސަން/ ޕްލަމަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: 647 /MNU-HR/2014

ތާރީޚު: 6 ނޮވެންބަރު 2014

މަޤާމު:

މޭސަން/ ޕްލަމަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު  2000.00 ރުފިޔާ

ކްލެސިފޭކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މޭސަން/ ޕްލަމަރ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، މޭސަން ގްރޭޑް1/ ޕްލަމަރ ގްރޭޑް 1 ގެ މަޤާމަށް ފުރުސަތު ހުޅުވައިލަމެވެ.

 

 

މަޤާމު:

މޭސަން ގްރޭޑް 1/ ޕްލަމަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5020.00 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު.:1304.00 ރުފިޔާ

 

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވެންސް:

މަހަކު 1500.00 ރުފިޔާ

 

ކްލެސިފޭކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

މަޤާމުގެ ޝަރުޠު:

 

 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
 • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދުލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
   • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
   • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ރޭނުމާއި، ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
 • ގަލާއި ހިލަ، ކޮންކޮރީޓް، ކޮންކްރީޓް ބްލޮކް އަޅައިގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.
 • އިމާރާތުގެ ފާރުތަކުން ހަލާކުވާ ތަންތަން ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
 • ފާޚާނާތަށި، މޫނުދޮންނަތަށި ހަރުކޮށް ބަދަލުކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އަދި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި، ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.
 • ރާނައި ސިމެންތިޖެހުމާއި، ޕުޓީގެ މަސައްކަތާއި، ކުލައާއި ދަވާދުލުން.
 • ރާނާ ސިމެންތިޖެހުމުގެ މަސައްކަތްތަކުތެ އެސްޓިމޭޓް މައުލޫމާތު ތައްޔާރުކުރުން.
 • ރޭނުމުގެ މަސައްކަތްތަކާ ގުޅުންހުރި ވަޑަމުގެ މަސައްކަތް ކުރުން.
 • އެކުގައި މަސައްކަތްކުރާ އެހެންމީހުނާ މަސައްކަތް ހަވާލުކުރުން.
 • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.
  • ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުންކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.
  • ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖުގެ އެހީގައި ލީކް ޓެސްޓްކޮށް، ލީކުވާ ތަންތަން ހޯދުން.
  • މަސައްކަތުގެ އަގުތަކުގެ އެސްޓިމޭޓް ލިޔެ، ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވާހަކަދެއްކުން.
  • އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި، ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓް ވައިރިންފަދަކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭނެއް ހެދުން.
  • ހަވާލުކުރެވޭ މަސައްކަތްތަކުގެ ރިކޯޑާއި މަސައްތުގެ ރިޕޯޓް ތައްޔާރުކުރުން.
  • އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަކުރުން.
  • ޕައިޕްކަޓަރ، ބެންޑަރު، ތްރެޑްކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ތްރެޑް ކެނޑުމާއި، އެންގަލްތަކަށް ހޮޅި ލަނބާ ހެދުން.
  • ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކާއި ފެންގުޅާ އެންމެހައި ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅި އަޅައި ފެންވައިރުކުރުން.
  • ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި، ފާރުގައްޔާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.
  • ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލުކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް، މިތަކެތި މަރާތުކޮށް ބެލެހެއްޓުން.
  • ފާޚާނާ ނިޒާމުގެ އިތުރުން އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.
  • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

އުޖޫރައާއި ޢިނާޔަތްތައް:

 • އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
 2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 13 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނާއެވެ.

06 ނޮވެންބަރު 2014
ހޯދާ