ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ މަސްވެރިންގެ ހިޔާ ކުއްޔަށް ދިނުމަށް

ގައްދޫ މަސްވެރިންގެ ހިޔާ 25 އަހަރަށް ކުއްޔަށް ދިނުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ގައްދޫ ބާހާބަރު ސަރަޙައްދުގައި ހަދަން ފަަށްޓަފާއި ނުނިމިހުރި މަސްވެރިންގެ ހިޔާ މަސްވެރިންނަށާއި ބަނދަރުން ޚިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށާއި އަދި ކައުންސިލަށް ފައިދާކުރުވަނިވި ގޮތަކަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް 25 އަހަރަށް ކުއްޔަށް ދިނުމަށް ކައުންސިލުން ބޭނުންވެގެން މީގެ ކުރިން ކޮށްފައިވާ އިޢުލާންތައް އެކިސަބަބުތަކާހުރެ ބާޠިލުކޮށްފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން އަލުން އިޢުލާންކުރަމެވެ.

އެހެންކަމުން ރެސްޓޯރަންޓް ތަރައްޤީކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގައްދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑު، އަދި ފަރުދެއް/ އިންވެސްޓްމަންޓެއް/ ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ އެޝަޚްޞެއް އެނގޭނެކަމުގެ ރަސްމީ ލިޔުމަކާއި މަޤާމު ބަޔާން ވާންވާނެއެވެ. ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.  

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ