މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ގދ. އަދި ގއ. ގައި އިމާރާތްކުރެވޭ ޔުނިޓުތަކުގެ މަޝްރޫޢަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރުން އަދި ޕްރޮޖެކްޓު އެސިސްޓެންޓުން ހޯދުމަށް ބޭނުންވެއެވެ. މިމަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައިމިވަނީއެވެ.

ސައިޓްއޮފީސް ޤާއިމުވެފައި ހުންނަ ރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސުޕަވައިޒަރ

ޕްރޮޖެކްޓް އެސިސްޓެންޓް

ގދ.ތިނަދޫ

ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ އަދި ގއ.ވިލިނގިލި

2

2

ފެންވަރު ނުވަތަ ޝަރުޠު:

ސައިޓް ސުޕަވައިޒަރ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ޕްރޮޖެކްޓް އެސިސްޓެންޓް

- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން މަސައްކަތް ހިނގަމުންދާގޮތް ބެލުމަށްޓަކައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ އެހެނިހެން ރަށްތަކުގައި ކަނޑައެޅޭ މުއްދަތަކަށް ޤާއިމުވެ ހުންނަންޖެހިދާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން: 3004172 / 3004300

ފެކްސް: 3004301    

އީމެއިލް: [email protected]   

ވެބްސައިޓް: www.housing.gov.mv     

29 އޮކްޓޫބަރު 2014
ހޯދާ