މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ފުވައްމުލަކުގައި އިމާރާތްކުރެވޭ ޔުނިޓުތަކުގެ މަޝްރޫޢަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރެއް އަދި ޕްރޮޖެކްޓް އެސިސްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. މިމަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމުވެފައި ހުންނަ ރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސުޕަވައިޒަރ

ޕްރޮޖެކްޓް އެސިސްޓެންޓް

ޏ.ފުވައްމުލައް

ޏ.ފުވައްމުލައް

1

1

ފެންވަރު ނުވަތަ ޝަރުޠު:

ސައިޓް ސުޕަވައިޒަރ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ޕްރޮޖެކްޓް އެސިސްޓެންޓް

- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން: 3004172 / 3004300

ފެކްސް:  3004301 

އީމެއިލް: [email protected]

ވެބްސައިޓް:  www.housing.gov.mv  

29 އޮކްޓޫބަރު 2014
ހޯދާ