ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުން

09 ނޮވެންބަރު 2014އިން 20 ނޮވެންބަރު 2014 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ، 2014 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ މިފެކަލްޓީގެ އިމްތިޙާނަށް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 05

އުޖޫރަ ދެވޭގޮތް: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/100ރ (ސަތޭކަ ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ގަޑިތައް: އިމްތިޙާނު އޮންނާނީ ދެދަންފަޅިއަކަށް ނުވަތަ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނާއި މެންދުރުފަސް އަދި ރޭގަނޑެވެ. ކޮންމެ ދަންފަޅިއެއްގައި މަދުވެގެން ތިންގަޑިއިރު ހޭދަވާނެއެވެ.

ކުރަންޖެހޭ މަސައްކަތް: އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ފެކަލްޓީން އަންގާ ގޮތެއްގެ މަތިން ކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެބޭފުޅެއްގެ ސީވީ، ސެޓުފިކެޓު އަދި އައިޑީ ކާޑުގެ ކޮޕީއާއެކު މިހިނގާ ނޮވެންބަރު މަހުގެ 5ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން މިފެކަލްޓީއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

9 މުޙައްރަމް 1436

02 ނޮވެންބަރު 2014
ހޯދާ