ފެމިލީ ކޯޓް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

ރޭންކް:

އެސް.އެސް 1

އަސާސީ މުސާރަ:

3100.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 1000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮންމެ ދުވަހަކުވެސް ފާޚާނާތައް ދޮވެ ސާފުކުރުން.

- ހަމަޖެހިފައިވާ އުސޫލުގެމަތިން، ކޯޓު ޢިމާރާތުގެ އެތެރެ ފޮޅާސާފުކުރުމާއި، ގޮނޑިތަކާއި މޭޒުތައް ފޮޅާސާފުކުރުމާއި، އެތަކެތި ތަރުތީބުކުރުން.

- ހަމަޖެހިފައިވާ އުސޫލުގެމަތިން، ޝަރީޢަތުގެ މަޖިލީހާއި، ވެރިންގެ ކޮޓަރިތަކުގެ ފަރުނީޗަރުތައް ޕޮލިޝްކުރުން.

- ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި، ސައިކޮޓަރީގެ ޚިދުމަތްތައް ކޮންމެ ދުވަހަކުވެސް އިންތިޒާމްކޮށް، މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

- ހަމަޖެހިފައިވާ އުސޫލުގެމަތިން، ކުޑަދޮރުތަކުގެ ބިއްލޫތިތަކާއި، އަލަމާރިއާއި ހަރުގަނޑުފަދަ ތަކެއްޗާއި، ފަންކާތައް ސާފުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

- މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރާ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ރިސެޕްޝަނުން ލިބޭނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ފުރިހަމަކޮށްފައިވާ ތަމްރީނު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން. (ވަޒީފާ އަދާކޮށްފައިވާ މުއްދަތާއި، ވަޒީފާގެ ރޭންކާއި، ކޮށްފައިވާ މަސައްކަތުގެ ތަފްސީލް)

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

2014 ނޮބެންބަރު 16 ގެ 14:30 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- މި ދާއިރާގެ ތަޖުރިބާހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލުގައި މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

30 އޮކްޓޫބަރު 2014
ހޯދާ