ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުސަތު

ނަންބަރު: 198-A/2014/68

ތާރީޚު:  28 އޮކްޓޫބަރު 2014

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު:

1

މަސައްކަތްކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ:

މަހަކު -/7،035 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

 

 

1-  މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު ،MS 2  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- ޝަރުޢީ ދާއިރާގެ ކޮންސޮލިޑޭޓެޑް ބަޖެޓް ތައްޔާރުކުރުން.

2- ޑިޕާޓްމަންޓުގެ ބަޖެޓާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ބަޖެޓް ތައްޔާރުކުރުން.

3- މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމުގެ ކަންތައް އިންތިޒާމްކޮށް ހިންގުން.

4-  މެޖިސްޓްރޭޓް ކޯޓުތަކުގެ އެކައުންޓުތައް އޮޕަރޭޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

5- މި ޑިޕާޓްމަންޓަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ދެއްކުމުގެ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.

6- މި ޑިޕާޓްމަންޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، ޖަމާކުރަންޖެހޭ ފައިސާ ޤަވާޢިދުން ޖަމާކުރުމުގެ ކަންތައް ހިންގާ ބެލެހެއްޓުން.

7- މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޕެންޝަނުގެ ފައިސާއާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުން.

8- ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ޑިޕެންޑެންޓުންގެ ހެލްތް އިންޝުއަރެންސާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

28 އޮކްޓޫބަރު 2014
ހޯދާ