މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ތިރީގައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ އެސް 3

މަޤާމުގެ މުސާރަ: މަހަކު -/4465 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (-/893 ރުފިޔާ)

މަޤާމުގެ ޝަރުތު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2GS- ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް:

  1. ކޯޓުގެ ސްޓޮކާއި، އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.
  2. އިދާރީ ފޮތްތަކާއި، ފައިސާގެ ފޮތްތަކާއި، ލިޔެކިޔުންތައް ޤަވާޢިދުން ތައްޔާރުކޮށް ބެލެހެއްޓުން.
  3. ކޯޓުގެ ތަފާސްހިސާބުގެ އެންމެހައި މަސައްކަތެއް ކުރުމާއި، ކޯޓުގެ ތަފާސްހިސާބާއި، އެހެނިހެން ރިޕޯޓްތައް ތައްޔާރުކުރުން.
  4. ކޯޓަށް އަންނަ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކުރުން.
  5. ކޯޓުގެ މުވައްޒަފުންގެ ކަންކަން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ބެލެހެއްޓުން.
  6. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ހިންގުމާއި، މަރާމާތާއި، އިންވެންޓްރީއާއި، ސްޓޮކް ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި އެކަންކަން ބަލަހައްޓާ މުވައްޒަފުންނަށް އެހީތެރިވުން.
  7. ކޯޓުގެ ބަޖެޓާއި މުސާރަދިނުމުގެ ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް އެހީތެރިވުން.
  8. ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމާއި، ކޮންމެ އަހަރެއް ނިމުމުން، އެ އަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  9. ކޯޓުގެ މުވައްޒަފުންނާއި މ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ޗުއްޓީ ރެކޯޑުތައް ބަލަހައްޓައި، ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  10. މިނޫނަސް، ކޯޓުގެ ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސް މުވައްޒަފުންނަށް، ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މެޖިސްޓްރޭޓް ކޯޓްތަކުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.justice.gov.mv ން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  5. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  6. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގެ ނަމާއި، މަޤާމުގައި ވީ ދުވަހާއި، ރޭންކާއި، އަދާކުރާ  މަސްއޫލިއްޔަތު އެނގޭނެގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުމެއް ހުށަހެޅުން.

   7. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާއަށް މީހަކު ޢައްޔަށްކުރުމުގެ ކުރިން، މަތީގައި ޙަވާލާދިން މާއްދާގެ (ށ) ގައި ބުނާކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ..

     މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކުހާއި، ކޯޓުންދޭ ޓެސްޓެއްގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2014 ނޮވެންބަރު 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާދެމެދު މި ކޯޓުން އަންގާ ތާރީޚެއްގައި މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ މ.މުލީގައި ހާޒިރުވެ ތިބުން އެދެމެވެ. އިންޓަވިއުކުރާނީ މަޤާމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

          މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު: 6720012 އަށް ގުޅުން އެދެމެވެ.

2 މުޙައްރަމް 1436

26 އޮކްޓޫބަރު 2014
ހޯދާ