ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުވައްޒަފުން ބޭނުންވާ މަގާމު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އޮފީސް :

ދަރުމަވަންތަ ސްކޫލް (އޮފީސް)

 

 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

 

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3 ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި'  މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސްކޫލްގެ ރިކޯޑްސް ބެލެހެއްޓުން.

- ކުދިންގެ ޑިސިޕްލިން ފޯމްތައް ފައިލްކުރުމާއި، ޕާސަނަލް ފައިލް ބެލެހެއްޓުން.

- ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުމާއި، ކޮޕީފައިލްކުރުން.

- ކުދިންނަށް ދޭންޖެހޭ ލިޔުން ތައްޔާރުކުރުން.

- ކުދިން ސަކޫލަށް ވެއްދުމުގެ މަސައްކަތް  ކުރުމާއި، އަލަށް ސްކޫލަށް ވަންނަ ކުދިންގެ ޕާސަނަލް ފައިލް ތައްޔާރުކުރުން.

- ކުދިންގެ ސެޓްފިކެޓް އެޓެސްޓްކުރުން.

- ކުލާސް ލިސްޓް އްޕްޑޭޓްކުރުން.

- އޯލެވެލާބެހޭ ހުރިހާ މަސައްކަތެއް ކުރުން.

- ސްކޫލްގައި ބާއްވާ ތަފާތު ޙަފްލާތަކުގެ އޮފީސް ޑިޔުޓީއަށް ހާޒިރުވެ ކަނޑައެޅޭ މަސައްކަތް ކުރުން.

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:         

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލްގެ އިދާރާއިންނާއި،  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ، އަސްލާ އެއްގޮތްކަމަށް ސަރުކާރުކެ އޮފިހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު)

- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުކެ އޮފިހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު.)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފިހެއްގެ ތައްގަނޑުޖަހާފައިވާ އަސްލު)

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލްގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރުބާއަށް ބެލުމަށްފަހު.

- ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން.

  އިންޓަރވިއުކުރުން:        

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެތެރޭގައި އެންގޭނެއެވެ.  

ނޯޓް:

- މި މަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ސޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

- މި އިޢުލާނުގެ ކޮޕީއެއް، ސްކޫލްގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3324495 ނަމްބަރާ ފޯނާއެވެ.

ސުންގަޑި:  މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 9 ގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 4 މުޙައްރަމް 1436

 

 

28 އޮކްޓޫބަރު 2014
ހޯދާ