ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ރެޖިސްޓްރަރ

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު:       

އެސިސްޓެންޓް ރެޖިސްޓްރަރ

ސެކްޝަން

ރަޖިސްޓްރޭޝަން

ބޭނުންވާ އަދަދު:

1  (އެކެއް)

ރޭންކް:                

LS5

މަޤާމުގެ  ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ- އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރގެ އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
  2. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާއި އެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ޤަވާޢިދާ އެއްގޮތަށް އިޞްލާޙްކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
  3. ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދީ، އެ ޖަވާބުދެވުނު ސަބަބު މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.
  4. ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.
  5. ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  6. ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
  7. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  8. މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  9. ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކާ މުޢާމަލާތްކުރުން.
  10. ހައިކޯޓުގެ ޤަވާއިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  11. ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިއުންތަކާއި ޖަވާބުދެވުނު ލިއުންތަކާއި ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.
  12. ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިއުން.
  13. ފައިލިންގ ސިސްޓަމާއި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  14. މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް އިސްފަނޑިޔާރުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކުރުން.
  15. ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.
  16. ވަކީލުންގެ ދަފުތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފުތަރު ބެލެހެއްޓުން.
  17. ރެޖިސްޓްރޭޝަނުގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.
  18. ހައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓަރީ ބެލެހެއްޓުން.

މުސާރަ:

-/13,065 (ތޭރަހާސް ފަސްދޮޅަސް ފަސްރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް:

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/ 3000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %60 އާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

1. ވަޒީފާއަށް އެދޭ ފޯމް.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީ)

4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އެނގޭގޮތަށް)

7. ބޮންޑެއް އޮތް ފަރާތެއްނަމަ ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި

12 ނޮވެންބަރު 2014 ގެ 14:00

އިތުރު މަޢުލޫމާތު ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ނޯޓު މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

04 މުޙައްރަމް 1436

 

28 އޮކްޓޫބަރު 2014
ހޯދާ