ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެ އެވެ.

މަޤާމު: އޮފިސަރ

އަދަދު: 2

އަސާސީ މުސާރަ: -/4350 ރ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް / ތަން: ފައިނޭންސް ޑިޕާޓްމަންޓް / ހެޑް އޮފީސް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1700ރ އާއި -/3000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ

* ދާއިމީވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

- ރިކޮންސައިލްކޮށް ބެލެހެއްޓުން

- ކަނޑައެޅިފައިވާ ގޮތުގެ މަތިން ބޭންކް ސްޓޭޓްމަންޓުތައް ސިސްޓަމްއަށް އަޕްލޯޑްކޮށް އެކައުންޓު ކުރުން

- ބޭންކިންއާ ގުޅޭ ކްލިއަރިން އެކައުންޓުތައް ކްލިއަރކުރުން

- ޕީއޯއެސްތަކަށް ކްރެޑިޓް ނުލިބޭ ކަމުގައިވާނަމަ އެކަން ބޭންކަށް ގުޅައި އޮޅުން ފިލުވުން  

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާ އާއެކު އެޗް.އެސް.ސީ އިމްތިޙާނުން ދިވެހިން "ސ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް ދާއިރާއިން ޑިޕްލޮމާ އެއް ނުވަތަ އެއަށްވުރެއް މަތީފާހެއް އޮތުން.

* މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.:

އެސްޓީއޯ ވެބްސައިޓް:  http://www.stomaldives.com/downloads

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު: 3344333   ވެބްސައިޓް: www.stomaldives.com

30 އޮކްޓޫބަރު 2014
ހޯދާ