ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ގުދަނުން މުދާ ނެރެގެން ގެންގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުން ގެންނަ މުދަލާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބާލައިގެން ގެންގޮސް ހދ. ކުޅުދުއްފުށީ ފިހާރައިގެ ގުދަނުގައި ޖެއްސުމާއި އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް ހދ. ކުޅުދުއްފުށީ ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 05 ވާ ބުދަ ދުވަހުގެ 11:00 އަށް ހދ.ކުޅުދުއްފުށީ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު ހދ.ކުޅުދުއްފުށީ ފިހާރައަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:  3344262، 3344391

ފެކްސް:  3344633

އީމެއިލް: [email protected]

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ