ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމް ރިނޮވޭޝަން މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމްގެ ރިނޮވޭޝަން މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމްގެ ރިނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ADM/2014/39-ފ60) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:         މި ކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމްގެ ރިނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކުރުން

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓްރީ ކުރުން:     ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ނޮވެންބަރު 05 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ނޮވެންބަރު 5 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ނޮވެންބަރު 06 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ޝޯރޫމްގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ބީލަން ކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލުންނެވެ.

ބީލަންކަރުދާސް :       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 13 ވަނަ ދުވަހުގެ 10:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

06 މުޙައްރަމް 1436

އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:   3344321 , 3344196 ، 3344224

ފެކްސް:  3344633

އީމެއިލް: [email protected]

30 އޮކްޓޫބަރު 2014
ހޯދާ