މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސްޓޮކަށް ބޭނުންވާ ޓޯނާ ކާޓްރިޖް އަދި ޑްރަމް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތްތަކެއް ހޯދަން

މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ޓޯނާ ކާޓްރިޖް އަދި ޑްރަމް ޔުނިޓް 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތްތަކެއް ހޯދަން ކުރެވުނު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ތިން ފަރާތުން އަގު ހުށަހަޅުއްވާފައިނުވާ އައިޓަމްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ނޮވެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ