ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕް ގރ 1

މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕް ގރ 1

އަދަދު: 01   

އަސާސީ މުސާރަ: -/3380ރ. – -/4350ރ. އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައި ދެވޭނެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓު  (2 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާރޓް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1750ރ – 2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

* ގުދަނުންނާއި ލޯކަލް ފިހާރަތަކުން މުދާ ރިސީވްކުރުމާއި

* ގުދަނުގައި މުދާތައް އެރޭންޖުކުރުން

* ޑެމޭޖްވާ މުދާތަކަށް ޑެމޭޖް ފޯމުތައް ތައްޔާރުކުރުން

* މުދާތައް ދޫކުރުމާއި ސްޓޮކަށް މުދާ އިތުރު ކުރުން

ތަޢުލީމާއިީ ތަޖުރިބާ:

* ޖީސީއީ އޯލެވެލް ނިންމާފައިވުން

* ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން

* މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު:  3344250  ފެކްސް:3344041  ވެބްސައިޓް: www.stomaldives.com

20 އޮކްޓޫބަރު 2014
ހޯދާ