މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޑްރައިވަރ-ކަމް- އެސިސްޓެންޓް

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ-ކަމް- އެސިސްޓެންޓް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ: 3480.00 ރުފިޔާ  

ސަރވިސް އެލަވަންސް: 1000 ރުފިޔާ

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: އެޑްމިނިސްޓްރޭޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން

  • މިނިސްޓްރީގެ ވެހިކަލް ދުއްވުން.
  • ވެހިކަލްތައް މަރާމާތުކުރުން (ކުދި މަރާމާތުތައް).
  • ވެހިކަލްތައް ދޮވެ ސާފުކުރުން (ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން).
  • ވެހިކަލްތަކުގެ އިންޝުއަރެންސް ކުރުމާއި، އަހަރީ ފީދެއްކުމާއި، ރޯޑްވާރދިނަސް ހެދިފައިވޭތޯ ގަވާއިދުން ބަލައި މިކަމާގުޅޭ މަސައްކަތްތައް ކުރުން.
  • ވެހިކަލްތަކުގެ ލޮގްފޮތް ބެލެހެއްޓުން.

2- އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

  • ސިޓީ ފަދަ ތަކެތި ބަހަންޖެހޭ ހާލަތެއްގައި ބެހުން
  • ވެހިކަލްތަކުގެ މަރާމާތާއި އަދި ވެހިކަލާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ރެކޯޑު ބެލެހެއްޓުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ (ކާރު ދުއްވުމުގެ) ލައިސަންސް ހާސިލުކޮށްފައިވުން.

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

އިންޓަރވިއު އޮންނާނެ

މުއްދަތު 

އިންޓަރވިއު އޮންނާނީ 09 -13 ނޮވެންބަރު 2014އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު:

04 ނޮވެންބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަރވިއު ކުރުމަށްފަހު މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް އެކަން މިނިސްޓްރީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ hr@foreign.gov.mv އަށެވެ.

23 އޮކްޓޫބަރު 2014
ހޯދާ