ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ.1

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ.1

އަދަދު: 1

މުސާރަ: 3380.00ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ އާއި 2500.00 ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސް ގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވުން

* ކަސްޓަމަރުންނަށް އެޓެންޑް ކުރުމާއި އަދި ކަސްޓަމަރުން އިތުރު ކުރުމަށް މަސައްކަތް ކުރުން

* ކަސްޓަމަރުންނަށް މުދާ ވިއްކުމުގައި އެހީތެރިވުން

* މުދަލުގައި އަގުޖެހުން

* ހުސްވާމުދާ ޗެކުކޮށް ހަރުތަކުގައި މުދާ އެތުރުން

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާ އާއެކު އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮތުން

* މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

* މިހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި އެސްޓީއޯ 165 ހދ. ކުޅުދުއްފުށި ފިހާރައިންނާއި އަދި އެސްޓީއޯގެ ވެބްސައިޓުން www.stomaldives.com ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272   ފެކްސް: 3344041

 

އެސްޓީއޯ ކުޅުދުއްފުށި ފިހާރަ

ރިންގްރޯޑް، ދެކުނުއަވަށް، ހދ. ކުޅުދުއްފުށި

ފޯން: 6528277

ވެބްސައިޓް: www.stomaldives.com

 

14 އޮކްޓޫބަރު 2014
ހޯދާ