ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުގެ ފަރާތުން ހުޅުމާލޭގެ ނެއިބަރހުޑް 3 އޭރިޔާގައި ތަރައްޤީ ކުރަން ބޭނުންވާ 'ކޮމާޝަލް ބްލޮކް' އެއްގެ ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިން އަދި އެހެނިހެން ޑޮކިއުމަންޓްތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ ތާރީޚުގައި ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް  :http://www.hdc.com.mv/media/announcements.php އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194،3355168 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ރަޖަބު 1434

30 މޭ 2013
ހޯދާ