ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް ގޭސް ފުޅި އުފުލައިދޭނެ ފަރާތެއް ހޯދަން

ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގޭސް ފުޅި (މޯލްްްޑިވް ގޭސް) އުފުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ގޭސް ފުޅި (މޯލްޑިވް ގޭސް) އުފުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:         މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، ތިލަފުށިން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގޭސްފުޅި (މޯލްޑިވް ގޭސް) އުފުލައިދިނުން

މަސައްކަތުގެ ވެރި ފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީ ކުރަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 އޮކްޓޯބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށް 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

ބީލަންކަރުދާސް :       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 02 ވަނަ ދުވަހުގެ 11:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:3344321   

ފެކްސް:  3344633

އީމެއިލް: [email protected]

23 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ