މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އެޕްލިކޭޝަން ފޯމު ބަލައިގަތުން

އިޢުލާން

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އެޕްލިކޭޝަން ފޯމު ބަލައިގަތުން

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަދި ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން، ދިވެހިރާއްޖޭގައި ކުރަމުންދާ ހުރިހާ ވިޔަފާރިތަކަކަށްވެސް ރަޖިސްޓަރީކޮށްގެން، ވިޔަފާރި ހިންގުމަށް ލާޒިމުކުރެއެވެ. 13 އޮގަސްޓު 2014ގެ ނިޔަލަށް ލޯކަލް އިންވެސްޓްމަންޓްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ވިޔަފާރިކުރަމުން އައި ހުރިހާ ފަރާތްތަކަކުންވެސް، އެފަރާތުގެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންފުޅުނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިދާނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނާއި ބެހޭ މަޢުލޫމާތު ދިނުމަށްޓަކައި އޮކްޓޯބަރ 2014 އިން ފެށިގެން ފެބްރުވަރީ 2014ގެ ނިޔަލަށް ކޮންމެ މަހަކު 1 ފަހަރު، މަޢުލޫމާތު ދިނުމާއި ރަޖިސްޓަރޭޝަން ސެޓްފިކެޓް ބަލައިގަތުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިސެޝަނުގެ މައިގަނޑު މަޤްޞަދަކީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނާއި ގަވާއިދު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމާއި ހިންގުމުގައި ސަމާލުވާންޖެހޭ ކަންކަމާ ބެހޭ މާޢުލޫމާތު ފޯރުކޮށްދިނުމެވެ.

މިގޮތުން ބާއްވާ ފުރަތަމަ ސެޝަންއާބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ތާރީޚް: 18 އޮކްޓޫބަރު 2014 (ހޮނިހިރު)

ގަޑި: 16:00 – 18:30

ތަން: ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމް

ޖާގަ: 300 (ފުރަތަމަ އޮޑިޓޯރިއަމްއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޖާގަ ލިބިވަޑައިގަންނަވާ ގޮތަށް)

އެހެނިހެން: އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަން އަދި ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައި.ޑީ. ކާޑުގެ ކޮޕީ ހުށަހެޅުމުން ވިޔަފާރި ރަޖިސްޓަރީކުރުމަށް ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. 18 އޮކްޓޫބަރު 2014 ގައި ބަލައިގަންނަ ފޯމުތައް ޕްރޮސެސްކުރުމަށްފަހު ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު 2014ގެ 9:00 އިން 13:00 އަށެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނެ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.  

މިއިޢްލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ނަންބަރު 3333125 އަށް ގުޅުއްވުން އެދެމެވެ.

‏19‏ ޛުލްޙިއްޖާ 1435

 

14 އޮކްޓޫބަރު 2014
ހޯދާ