ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ލެބޯޓްރީ އެސިސްޓެންޓް

ވަޒީފާގެ ފުރުސަތު

މަޤާމު: ސީނިއަރ ލެބޯޓްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު: 1

ކްލެފިކޭޝަނާއި ރޭންކް:   ޖީ.އެސް. 4  (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ފެންވަރު ނުވަތަ ޝަރުޠު: 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސަނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑިގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

__________________________________________________________________________________________________________

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:  މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ސްކޫލްލެބުގެ މަސައްކަތް ދަންނަ، އެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާގެ ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރިމީހުންނަށެވެ.       

ކުރަންޖެހޭ މަސައްކަތް: ސްކޫލްގެ ލެބް ބެލެހެއްޓުމާއި، ދަރިވަރުންނާ ޓީޗަރުންނަށް ލެބް ބޭނުންކުރުމުގައި އެހީތެރިވެދިނުމާއި، ލެބްގައި ބޭނުންކުރާ ސާމާނުތައް ބލެހެއްޓުމާއި،  ލެބްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމާއި، ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.    

__________________________________________________________________________________________________________

- ހުށަހަޅަންޖެހޭތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް، ސްކޫލް ކައުންޓަރުންނާއި ލިބެން ހުންނާނެއެވެ. އަދި ސްކޫލް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިއުންތަކާއި، ލިބިފައިވާ ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތުހަމަނުވާ ސާފު ކޮޕީއާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަދާކުރަންޖެހޭތަން: ތާޖުއްދީން ސްކޫލް

______________________________________________________________________________________________________________________

ވަޒީފާއަށް މީހުންހޮވުމަށް ކުރެވޭ އިންޓަރވިއު: މި އިޢުލާނަށް ކުރިމަތިލާފަރާތްތަކުގެ އިންޓަރވިއުއާއި ޕްރެކްޓިކަލް  އޮންނާނީ، މި އިޢުލާނުގެ މުއްދަތުހަމަވާތާ 7 ދުވަހުގެތެރޭގަ ތާޖުއްދީން ސްކޫލްގައެވެ.

ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠުފުރިހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން، ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭފޯމާއި، މަތީގައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް:  3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

ވަޒީފާއަށް އެދޭފޯމް ސްކޫލް ކައުންޓަރުން ލިބޭނެއެވެ. އަދި ސްކޫލްގެ ވެބްސައިޓް thaajuddeenschool.edu.mv ން ޑައުންލޯޑްކުރެވޭނެއެވެ.

                                                             21 ޛުލްޙިއްޖާ 1435                                                        

15 އޮކްޓޫބަރު 2014
ހޯދާ