ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
2 އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއަތޮޅު ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގައި 2 އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 07 ޖުލައި 2014 ގައި ކުރެވުނު މިކޯޓުގެ ނަންބަރު 2014/09/IUL)P2C) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ތިން ފަރާތަކުން ކަމަށްވިއަސް، އެތިން ފަރާތް ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކެއް ކަމަށް ފާހަގަކުރެވިފައިވާތީ އެއަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ