ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
2015 ވަނަ އަހަރު ޢަރަބިކް މީޑިއަމްގެ ގްރޭޑް 1 އަށް ކުދީން ވެއްދުން

ރާއްޖޭގެ ދެކުނުގައި ސަރުކާރުން ޤާއިމުކުރައްވާ ޢަރަބިކް މީޑިއަމް ސްކޫލެއްގެ ގޮތުގައި ނޫރާނީ ސްކޫލް ހަމަޖައްސާފައިވާތީ 2015 ވަނަ އަހަރު ނޫރާނީ ސްކޫލްގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ، ޢަރަބިކް މީޑިއަމަށް ކިޔަވާ ކުދިންނެވެ. ކުދިން ވެއްދުމަށް އެދޭ ފޯމު ނޫރާނީ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.                              

2015 ވަނަ އަހަރު ޢަރަބިކް މީޑިއަމްގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށްފަހު، ކޮންމެއަހަރަކު ޢަރަބިކް މީޑިއަމްގެ ގްރޭޑެއް އިތުރުކޮށް، މުސްތަޤުބަލުގައި ނޫރާނީސްކޫލުގައި ޝަހާދާ ޘާނަވީ ފެންވަރުގައި ކިޔަވައިދެވޭނެއެވެ.                    

ގްރޭޑް 1 ގެ 60 ޖާގަ

1- ޖާގަ

1 ޖަނަވަރީ 2015 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ (1 ޖަނަވަރީ 2008 އިން 1 ޖަނަވަރީ 2009 އާ ދެމެދު އުފަންވެފައިވާ) ކުދީންނެވެ. 2014 ވަނަ އަހަރު ޔޫކޭޖީގައި ކިޔަވާ، 31 މާރިޗު 2009 ގެ ކުރިން އުފަންވެފައިވާ ކުއްޖަކު ސްކޫލަށް ވައްދަވަން އެދިލައްވާނަމަ، އެކުއްޖަކު ކިޔަވާ ސްކޫލަކުން ގްރޭޑް 1 ގައި ކިޔެވިދާނެކަމުގެ ލިޔުން ހުށަހެޅުއްވުމުން ގްރޭޑް 1 އަށް ޖާގަ ލިބިލައްވާނެއެވެ.                        

2- ޢުމުރުފުރާ

20 އޮކްޓޫބަރު 2014 އިން 10 ނޮވެންބަރު 2014 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 7:00 އިން މެންދުރުފަހުގެ 3:00 އަށް (މިމުއްދަތު ހަމަވުމުގެ ކުރިން 60 ޖާގައަށް ފޯމު ދޫކުރެވިއްޖެނަމަ އެހާހިސާބުން ފޯމު ދޫކުރުން ހުއްޓާލެވޭނެއެވެ.

3- ފޯމު ދޫކުރުމާއި ބަލައިގަތުން

- ސްކޫލަށް ވެއްދުމަށް އެދި ފުރިހަމަކޮށްފައިވާ ފޯމު

- ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓުފިކެޓުގެ އަސްލާއި ކޮޕީ

- ވެކްސިނޭޝަން ކާޑުގެ އަސްލާއި ކޮޕީ

- ސްޓޭމްޕް ސައިޒުގެ 2 ފޮޓޯ

4- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

- ޕްރައިމަރީ މަރުޙަލާގައި ޤައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުމުގެ އިތުރުން، ޢަރަބިބަސް ކިޔަވައިދެވޭނެއެވެ. އަދި މެތެމެޓިކްސްއާއި ސައިންސާ ގުޅުންހުރި އިތުރު 2 މާއްދާ ޢަރަބިކް މީޑިއަމަށް ކިޔަވައިދެވޭނެއެވެ.     

- ޘާނަވީ މަރުޙަލާގައި އެންމެހައި މާއްދާތައް ކިޔަވައިދެވޭނީ ޢަރަބިކް މީޑިއަމަށް.

5- އިތުރު މަޢުލޫމާތު

6885917 ނުވަތަ 9992282

6- ގުޅޭނެ ނަންބަރުތައް

09 އޮކްޓޫބަރު 2014
ހޯދާ