ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީ ގެއްލިގެން

މި ދަންނަވާ ގޭގޭގެ ރަޖިސްޓަރީ ގެއްލިގެން އެރަށުގެ ރަށުކައުންސިލުގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މި ރަޖިސްޓަރީތަކާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާއަށް، ނުވަތަ އެރަށުގެ ރަށުކައުންސިލުގެ އިދާރާއަށް 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އަންގަވައިދެއްވުން އެދެމެވެ.

ހއ.ހޯރަފުށީ  " ބަބްނާ " އަށް ހަދައިދީފައިވާ ނަންބަރު 461 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

ހއ.ހޯރަފުށީ " ޔުނިކޯން " އަށް ހަދައިދީފައިވާ ނަންބަރު 302 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

ހއ.ހޯރަފުށީ " ޗާނދަނީގެ " އަށް ހަދައިދީފައިވާ ނަންބަރު 214 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014
ހޯދާ