ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ. 1

މިކުންފުނީގެ ނަންބަރު ADM/2014/284-ފ60 އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައި ދެންނެވިފައިވާ މަަޤާމަށް އަލުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ލޭބަރަރ ގރ. 1

އަދަދު: 1

މުސާރަ: 3240.00 ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 137 (ސ. ހިތަދޫ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓަންޓަންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* ގޭސް ޑެލިވަރ ކުރުމުގެ މަސައްކަތް

* ގޭސް ގުދަނުގެ މަސައްކަތް

* މުދާތައް ކަސްޓަމަރުންނަށް ޑެލިވަރ ކުރުމުގައި އެހީތެރިވުން

* ފިހާރައިގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން

* ފިހާރަ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑު 7 ގެ ފެންވަރު ހުރުން

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަންބަރު ފިހާރަ (ސ. ހިތަދޫ) ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ– 20345

ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ

ފޯން: 3344273 ވެބްސައިޓް: www.stomaldives.com

08 އޮކްޓޫބަރު 2014
ހޯދާ