ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުކް ގރ 1

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ކުކް ގރ 1  

އަދަދު: 01

އަސާސީ މުސާރަ: 3540.00 ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ (ކ.ފުނަދޫ)

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1950.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން 

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ވަގުތަށް ކެއުން ތައްޔާރު ކުރުން

* ކެއުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން

ތަޢުލީމީ ތަޖުރިބާ:

* ފަޔަރ ފައިޓިންގ ޓްރެއިނިންގ ފުރިހަމަ ކޮށްފައިވާ ފަރާތަކަށްވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 13 (ހޯމަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261  ފެކްސް: 3344341    ވެބްސައިޓް: www.stomaldives.com

29 ސެޕްޓެންބަރު 2014
ހޯދާ