އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އޯޑިއޯ އަދި ވީޑިއޯ އޮޓޮމެޓިކް ސިސްޓަމެއް ގަންނަން

އޯޑިއޯ އަދި ވީޑިއޯ އޮޓޮމެޓިކް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

މިކޮމިޝަންގެ ނަންބަރު A/IUL/2014/73-ފ123 (04 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އޯޑިއޯ އަދި ވީޑިއޯ އޮޓޮމެޓިކް ސިސްޓަމަށް ދީފައިވާ މިނިމަމް ސްޕެސިފިކޭޝަނަށް ފެތޭ އަންދާސީހިސާބު އެކަށީގެންވާވަރަށް ލިބިފައިނުވާތީ، އަލުން އެތަކެއްޗަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

15 ޛުލްޙިއްޖާ 1435

09 އޮކްޓޫބަރު 2014
ހޯދާ