ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސީނިއަރ ސޭލްސް ރެޕްރެޒެންޓެޓިވް

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސީނިއަރ ސޭލްސް ރެޕްރެޒެންޓެޓިވް

އަދަދު: 01

މުސާރަ: 5380.00 ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފުވައްމުލައް ފިހާރަ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ފިހާރައިގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ ކަމެއް ހިންގައި ރޭވުމުގައި މެނޭޖަރަށް އެހީތެރިވުން

* މެނޭޖަރ ނެތް ވަގުތެއްގައި ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެހައި ކަމެއް ސުޕަވައިޒްކޮށް ބެލެހެއްޓުން

* ފިހާރައިގެ އެންމެހައި އެޑްމިނިސްޓްރޭޓިވް މަސައްކަތެއް ކުރުމުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއަށްވުރެ މަތީފާހެއް އޮތުން 

* ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 12 ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ 136 ނަންބަރު (ޏ. ފުވައްމުލައް) ފިހާރައިންނާއި އެސްޓީއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށް ފަހުއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް ނުވަތައެސްޓީއޯ ފުވައްމުލައް ފިހާރަ (އެސްޓީއޯ 136)

ފޯނު: 3344333، 3344273.

29 ސެޕްޓެންބަރު 2014
ހޯދާ