މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ތިރީގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ އަދި މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ (ބުދަ) ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މިކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައެވެ.

ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާ:

  1. Personal Awareness and Development / Self-Management/ Time Management : 04 hours
  2. Leadership and Presentation Skills : 02 hours
  3. Problem Solving Creatively : 04 hours
  • ބައިވެރިންގެ އަދަދު : 22
  • ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ ބައިތައް:

1. ކޮމްޕެނީ ޕްރޮފައިލް؛

2. ތަމްރީނު ހިންގުމަށް ހަމަޖެހިފައިވާ ޓްރޭނަރުންގެ ވަނަވަރު؛

3. ކޮންމެ ތަމްރީނު ޕްރޮގްރާމެއްގައި ކަޔަވައިދޭނެ ބައިތަކުގެ ތަފުސީލު؛

4. ކޮންމެ ތަމްރީނު ޕްރޮގްރާމަކަށް ހިނގާނޭ ވަގުތު؛

5. ކޮންމެ ތަމްރީނު ސެޝަނެއް ހިންގުމަށް ހުށަހަޅާ އަގު ވަކިން އެނގޭނޭހެން؛

6. ތަމްރީނު ނިމުމުން ތަމްރީނުކުރާ ފަރާތުން ބައިވެރިންނަށް ސެޓުފިކެޓު ދެވޭނެނަމަ އޭގެ ފޯމެޓް؛

  • ޕޮއިންޓްސް ދެވޭނެގޮތް:

1. މިފަދަ ތަމްރީނު ދިނުމުގެ ތަޖުރީބާ (ތަމްރީނު ހިންގައިދޭ ޓްރޭނަރުންގެ ވަނަވަރު ބެލެވޭނެއެވެ)   40 ޕޮއިންޓްސް

2. މި 3 ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ޖުމްލަ އަގު؛                         50 ޕޮއިންޓްސް

3. ކޮންމެ ތަމްރީން ޕްރޮގްރާމެއްގައި ކިޔަވައިދޭނެ ބައިތައް؛                       10 ޕޮއިންޓްސް

06  ޛުލްޙިއްޖާ 1435

30 ސެޕްޓެންބަރު 2014
ހޯދާ