ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮފިހާރަ އަލުން ހުޅުވުމަށްޓަކައި މަރާމާތު ކުރުން

މާވަށު ރައްޔިތުންގެ ތެޔޮފިހާރަ އަލުން ހުޅުވުމަށްޓަކައި، ތެޔޮފިހާރައިގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ތެޔޮފިހާރައިގައި ކުރަންހުރި މަސައްކަތްތައް

  1. ޑީސަލް އަޅާ ހުސްކޮށްފައިވާ 11 ޓޭންކާއި, ޕެޓްރޯލް އަޅާ ހުސްކޮށްފައިވާ 1 ޓޭންކް ސާފުކުރުން
  2. ހޮޅިލައިން އަލުން އެޅުން
  3. ޑިސްޕެންސަރ ބަހައްޓާނެ ބުޑު އަޅައި އިންސްޓޯލް ކުރުން
  4. ކާނު މަރާމާތު ކުރުން
  5. އޮފީސްބަޔާއި ފިއުލްޑިސްޕެންސަރ ބަހައްޓާ ބައިގެ ފުރާޅާއި ސީލިންގ މަރާމާތު ކުރުން
  6. މައިކޭބަލް އެޅުން
  7. އިލެކްޓްރިކް ކަރަންޓް ވައިރިންގ މަސައްކަތް ކުރުން

ވީމާ، މިސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 9 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާންޖެހޭ ދުވަހު މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ހާޒިރުނުވާ ފަރާތަކަށް އަންދާސީހިސާބު ހުޅަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދެންނެވީމެވެ.

1 ޛުލްޙިއްޖާ 1435

25 ސެޕްޓެންބަރު 2014
ހޯދާ