ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ލެބޯރެޓަރީތަކަށް ފުރުޞަތު ހުޅުވާލަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަސްތުވާ އެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ޤާނޫނުގެ ދަށުން މިއެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، 3 އަހަރުދުވަހުގެ މުއްދަތަށް މަސްތުވާތަކެތީގެ މައްސަލަތަކާގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގާ ކުޑަކަމުދާތަކެތި 3 އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯރެޓަރީތަކަށް ފުރުޞަތު ހުޅުވާލަން މިއެޖެންސީން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީ (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

09 އޮކްޓޫބަރު 2014

ބުރާސްފަތި

14:00 (މެންދުރުފަހު)

އަންދާސީހިސާބު ހުށަހެޅުއްވުން

30 އޮކްޓޫބަރު 2014

ބުރާސްފަތި

14:00 (މެންދުރުފަހު)

05  ޛުލްޙިއްޖާ  1435

29 ސެޕްޓެންބަރު 2014
ހޯދާ