ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

ތ. އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ މަގުމަތީ ސަރަޙައްދު ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެރޭ 21:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 21:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

ތިރީގައި މިވަނީ މި ބީލަން ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭނެ މިންގަނޑުތަކެވެ.

1. ހުށަހަޅާ ޕްރޮޕޯޒަލް (މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ތަފުސީލީ ލިޔުންތައް)

25 ޕޮއިންޓް

2. ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާ

15 ޕޮއިންޓް

3. ބީލަން ހުށަހަޅާ ފަރާތުގެ މާލީ ކެރިފޯރުންތެރިކަން (ފައިނޭންޝިއަލް ކެޕެބިލިޓީ)

10 ޕޮއިންޓް

4. މަސައްކަތް ކުރުމަށް ހުށަހަޅާ އަގު

50 ޕޮއިންޓް

ޖުމްލަ:

100 ޕޮއިންޓް

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ