މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމާއި އަދި މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލުން

މިމިނިސްޓްރީގެ އިޢުލާން ނަންބަރު IUL)30-B/30/2014/42/6)ފ(8 ސެޕްޓެންބަރު 2014) ގައި މާލޭގެ ވިލިނގިލީ އަވަށުގައި މިމިނިސްޓްރީގެ ފަރާތުން ޤާއިމުކޮށްފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީނުދޭ މަރުކަޒު" ގައި އަމިއްލަގޮތުން މަސްވެރިކަމާއި އަދި މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން މިމިނިސްޓްރީން ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ފުރިހަމަކުރުމަށްފަހު 25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހެޅުމާގުޅޭ މަޢުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ރިސެޕްޝަނުން (ހ. ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގައި ނަންނޯޓް ކުރުމަށްފަހުގައެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މިމިނިސްޓްރީގައި ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިމިނިސްޓްރީގެ ނަންބަރު 3339213 ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

18 ސެޕްޓެންބަރު 2014
ހޯދާ