ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

ތ. ދިޔަމިގިލީ ޞިއްޙީމަރުކަޒުގެ ޢިމާރާތުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ތ. ދިޔަމިގިލީ ޞިއްހީމަރުކަޒުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)TAH-A/INDIV/2014/12) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވިފައިވާ ގޮތާ ޚިލާފަށް އަންދާސީހިސާބު ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތ. އަތޮޅު ހޮސްޕިޓަލަށް އަދި މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ލިޔުމެއް، ކުންފުންޏެއްގެ ފަރާތުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތުގެ ލިޔުމެއް އޮންނަންވާނެއެވެ. އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބަދަލުގައި އެކަކު ފޮނުވާފައިވާނަމަ، އެފަރާތަކަށް މަޢުލޫމާތު ސާފުކޮށެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސހިސާބު ބަލައެއްނުގަނެވޭނެއެވެ.

26 ޛުލްޤަޢިދާ 1435

21 ސެޕްޓެންބަރު 2014
ހޯދާ