ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގެ އެގްޒަމިނަރުން ހޯދުން

2014 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ޖަވާބުކަރުދާސް މާކުކުރުމުގެ މަސައްކަތް ބަލަހައްޓަވައިދެއްވާނެ އެގްޒަމިނަރުން މިޑިޕާޓްމަންޓަށް ބޭނުންވެއެވެ. މިމަސައްކަތަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2014 ސެޕްޓެންބަރު 22 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ސާނަވީ އަދި މަތީސާނަވީއަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 22 ގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން ވެސް ލިބެން ހުންނާނެއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ