މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ކޮމްޕެނީ ސެކްރެޓަރީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މަޤާމު: ކޮމްޕެނީ ސެކްރެޓަރީ

ވާރކް ސައިޓް: އެމްޓީޑީސީ ހެޑްއޮފީސް، މާލެ

މައިގަނޑު މަސްއޫލިއްޔަތުތައް:

- ކުންފުނީގެ އިންވެސްޓަރ ރިލޭޝަންސްގެ މަސައްކަތްތައް ބެލެހެއްޓުމާއި ކުންފުނީގެ އިންވެސްޓަރުންނާއި އަދު އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފާރާތްތަކާއި ކުންފިނީގެ ފަރާތުން މުއާމަލާތްކުރާ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުން. އަދި އިންވެސްޓާރ ރިލޭޝަންސްއާ ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކާއި ހަރުދަނާ އަދި ޕްރޮފެޝަނަލްކޮށް މުއާމަލާތްކޮށް އެ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުން އަވަހަށް ފޯރުކޮށްދިނުން.

- ހިއްސާ ވިއްކުމާއި އަދި ހިއްސާ އެކަށައެޅުމަށް ކުންފުނިން ބޭނުންވެއްޖެނަމަ ހިއްސާ ވިއްކުމާއި އަދި ހިއްސާ އެކަށައެޅުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހިންގުމާއި ބެލެހެއްޓުން.

- ކުންފުނީގެ ބޯޑް ޑިރެކްޓަރުންގެ ބައްދަލުވުންތަކަށާއި އަދި ބޯޑުގެ ސަބް ކޮމިޓީތަކުގެ އެޖެންޑާ އައިޓަމް ތައްޔާރު ކުރުން.

- ކުންފުނީގެ ބޯޑް ޑިރެކްޓަރުންގެ ބައްދަލުވުންތަކަށާއި ކުންފުނީގެ އަހަރީ ޢާންމު ޖަލްސާތަކާއި ޚާއްޞަ ގޮތުން ބާއްވާ ޢާންމު ޖަލްސާތަކަށް ނޯޓިސް ތައްޔާރުކޮށް އަދި މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުން.

- ކުންފުނީގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހައި ރަޖިސްޓަރީތައް ތައްޔާރުކޮށް ބެލެހެއްޓުން.

- އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރު ކުރުން.

- ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، ކުއާޓަރލީ ރިޕޯޓުތައް އަދި ކޯޕަރޭޓް ގަވަރނަންސް ރިޕޯޓުތައް ތައްޔާރުކުރުން

- ކުންފުނި ކުރިއަށް ގެންދަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑް އަދި އެހެނިހެން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

- ކުންފުނީގެ ޤާނޫނުތަކާއި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށް ކޮމްޕެނީ ސެކްރެޓަރީ ކަމުގެ މަޤާމާއި މަސްއޫލިއްޔަތު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް އަދި ތަޖުރިބާ:

- ރާއްޖޭގެ ސަރުކާރުން އެކްރެޑިޓް ކުރާ ޔުނިވަރސިޓީއަކުން ކޮމަރސް / މެނޭޖްމަންޓް / ޤާނޫނީ ދާއިރާ ނުވަތަ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- މަދުވެގެން އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ތަކެތި ލިޔެ އަދި މުއާމަލާތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- ބިނާކުރުވަނިވި ޚިޔާލުތައް ހާމަކުރުމާއި އެފަދަ ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.

- އަމިއްލަ އިސްނެގުމާއެކު މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުމާއި، މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ލިބިފައިވުން.

- ތެދުވެރި އަދި އަމާނާތްތެރި ފަރާތެއް ކަމުގައިވުން.

މުސާރަ: މަސައްކަތާއި ތަޖުރިބާ އަދި ތަޢުލީމީ ފެންވަރަށް ބިނާކޮށް މުސާރަ ކަނޑައެޅޭނެ.

މަތީގައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 3:00 ގެ ކުރިން ކުންފުނީގެ އޮފީހަށް ސީވީއާއި ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ އެއް ފޮޓޯ، ރެފެރަންސް ލެޓަރސް އަދި އެހެނިހެން ސަޕޯޓިންގ ޑޮކިއުމަންޓްސްތަކާއެކު މަޤާމަށް ކުރިމަތިލުމަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2014
ހޯދާ