އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.


މަޤާމު

 

ކްލިނިކަލް އެސިސްޓެންޓް

ބޭނުންވާ އަދަދު

06

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ކްލިނިކަލް ސަޕޯރޓް ސަރވިސަސް

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

1. ތަރުޖަމާ ކޮށްދިނުން އަދި ބަލިމީހުނާއި ޑޮކްޓަރުންނަށް އެހީތެރިވެދިނުން.

 

 

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

 

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ އިންޓަވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)


މަޤާމު

 

އެންރޯލްޑް ނާރސް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ނާރސިންގ ޑިޕާރޓްމަންޓް

 

 

 

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

1. ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައްް ރޭވުން އަދި ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓުކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.

3. ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށްދެވޭ ފަރުވާ ރީހެބިލިޓޭޝަންއާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން

4. ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓުފިކެޓު އިން ނާރސިންގ ކޯސް ފުރިހަމަ ކުރައްވައި ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މި މަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމު

 

ރޭޑިއޯގްރާފަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ރޭޑިއޮލޮޖީ ޑިޕާރޓްމަންޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެކްސްރޭ ނެގުމާއި، ސީ.ޓީ ސްކޭން ހެދުން، އަދި ފްލޫރޯސްކޮޕީ ހެދުން
  • މެމޮގަރަފީ އެކްސްރޭ ނެގުން
  • ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ މެޝިންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން .
  • ސްޓޮކް ބެލެހެއްޓުމަށް ހުންނަވާ ފަރާތެއް ނެތްޙާލަތްތަކުގައި ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގައި ބޭނުންކުރެވޭ ކެމިކަލްސްއާއި ފިލްމުތަކުގެ އަދަދު ނަގައި ދުވަހުން ދުވަހަށް އަދަތައް ދިިމާވާނޭހެން ސްޓޮކް ބެލެހެއްޓުމާއި، މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސް ތަކެތި ނެތިގެން ދަތިނުވާނެހެން ސްޓޯރުން ހޯދައި ބެެލެހެއްޓުން.
  • ރޭޑިއޯގްރާފަރގެ ދަށުން މަސައްތްކުރާ ރޭޑިއޮގްރާފަރ އެސިސްޓެންޓް އާއި ޓްރޭނީ މުވައްޒަފުން ސުޕަވައިޒް ކުރުން
  • މީގެ އިތުރުން ރޭޑިއޮލޮޖިސްޓް ކުރަން އަންގަވާ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ރޭޑިއޯގްރާފަރ ގްރޭޑް 1 ގެ މަޤާމުގައި މަދުވެގެން 4 އަހަރުދުވަހު އުޅެފައިވުން، ނުވަތަ
  2. ރޭޑިއޮގްރާފަރ ގްރޭޑް 1 ގެ މަޤާމުގައި މަދުވެގެން 1 އަހަރު ދުވަހު އުޅެ، މަސައްކަތާ ގުޅޭ ދާއިރާއަކުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

މަޤާމު

 

ރޭޑިއޯގްރާފަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ރޭޑިއޮލޮޖީ ޑިޕާރޓްމަންޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެކްސްރޭ ނެގުމާއި، ސީ.ޓީ ސްކޭން ހެދުން، އަދި ފްލޫރޯސްކޮޕީ ހެދުން
  • މެމޮގަރަފީ އެކްސްރޭ ނެގުން
  • ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ މެޝިންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން .
  • ސްޓޮކް ބެލެހެއްޓުމަށް ހުންނަވާ ފަރާތެއް ނެތް ޙާލަތްތަކުގައި ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުގައި ބޭނުންކުރެވޭ ކެމިކަލްސްއާއި ފިލްމުތަކުގެ އަދަދު ނަގާ ދުވަހުން ދުވަހަށް އަދަތައް ދިިމާވާނޭހެން ސްޓޮކް ބެލެހެއްޓުމާއި، މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސް ތަކެތި ނެތިގެން ދަތިނުވާނެހެން ސްޓޯރުން ހޯދައި ބެެލެހެއްޓުން.
  • ރޭޑިއޯގްރާފަރގެ ދަށުން މަސައްތްކުރާ ރޭޑިއޮގްރާފަރ އެސިސްޓެންޓް އާއި ޓްރޭނީ މުވައްޒަފުން ސުޕަވައިޒް ކުރުން
  • މީގެ އިތުރުން ރޭޑިއޮލޮޖިސްޓް ކުރަން އަންގަވާ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

ސަރުކާރު ޤާބޫލުކުރާ އިންސްޓިޓިއުޓެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހެއް ނުވަތަ 2 އަހަރަށްވުރެ ކުރުނޫން ސެޓުފިކެޓު ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

މި މަޤާމުތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ބްލޮކް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މުއްދަތު ހަމަނުވާ ނަރސިނގް ރެޖިސްޓްރޭޝަން، ލައިސަންސްގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

 

29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15.00ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 29 ސެޕްޓެންބަރު 2014 ވާ ހޯމަަ ދުވަހުގެ 15.00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.

 

11 ސެޕްޓެންބަރު 2014
ހޯދާ