ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށް އެޕާޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް 4 (ހަތަރު) ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެސް.ޓީ.އޯ އައިފާނު ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެފް.އެސް.އެމް މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޭރުވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331417 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ