ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1 (އެކްޒެކެޓިވް 1) 

ރޭންކް

ޑިރެކްޓަރ

ކްލެސިފިކޭޝަން

ހެރިޓޭޖް

ސެކްޝަން

8,835.00 ރުފިޔާ

މުސާރަ

މަހަކު 2,000.00 ރުފިޔާ

ސަރވިސް އެލަވަންސް

01

ބޭނުންވާ އަދަދު

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ކ.މާލެ

މަޤާމު އޮތް އޮފީސް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ހެރިޓޭޖް ސެކްޝަން/ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓު ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

5. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު

މައިގަނޑު މަސައްކަތްތައް

  1. ހެރިޓޭޖް ސެކްޝަންގެ ހުރިހާ ޔުނިޓުތަކުން ކުރަމުންދާ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޔުނިޓްތަކަށް އިރުޝާދު ދިނުމާއި، ސެކްޝަންގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. މައުނަވީ ތަރިކައާއި މާއްދީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ވާޞިލުކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރައްކާތެރިކޮށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުން.
  3. ތަރިކަ ޙިމާޔަތްކުރުމުގައި ބައިނަލް އަޤްވާމީ ގޮތުން ލާޒިމްކުރާ ކަންތައްތައް ރާވައި ހިންގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން

ހެރިޓޭޖް ޔުނިޓްގެ ހެޑުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ސެކްޝަން މުވައްޒަފުންގެ މަސައްކަތްތައް އޯވަރއޯލްކޮށް މޮނިޓަރކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، އަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ގަވާއިދާއި އަދި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.

މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދުން

ސެކްޝަން ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.

އެހެނިހެން 

ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

ޑިރެކްޓަރ

މަޤާމު

އީ.އެކްސް 1 (އެކްޒެކެޓިވް 1) 

ރޭންކް

ޑިރެކްޓަރ

ކްލެސިފިކޭޝަން

ނެޝަނަލް މިއުޒިއަމް

ސެކްޝަން

8,835.00 ރުފިޔާ

މުސާރަ

މަހަކު 2,000.00 ރުފިޔާ

ސަރވިސް އެލަވަންސް

01

ބޭނުންވާ އަދަދު

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ކ.މާލެ

މަޤާމު އޮތް އޮފީސް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ނެޝަނަލް މިއުޒިއަމް ސެކްޝަން/ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މިއުޒިއަމް މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މިއުޒިއަމް މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މިއުޒިއަމް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ މިއުޒިއަމް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

5. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ މިއުޒިއަމް މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު

މައިގަނޑު މަސައްކަތްތައް

  1. ޤައުމީދާރުލްއާސާރުގެ ހުރިހާ ޔުނިޓުތަކުން ކުރަމުންދާ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޔުނިޓްތަކަށް އިރުޝާދު ދިނުމާއި، ޤައުމީދާރުލްއާސާރުގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ޤައުމީދާރުލްއާސާރަށް ޒިޔާރާތްކުރާ ޢާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ރާވައި ހިންގާނެ ގޮތާ ބެހޭގޮތުން އިރުޝާދުދީ އެފަދަ މަސައްކަތްތައް ކުރެވެމުންދާ ގޮތް ބެލުން.
  3. ދާރުލްއާސާރަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށް އިސް ފަރާތްތަކުގެ މަޝްވަރާ ހޯދައި، ޔުނިޓްހެޑުންނާއި މަޝްވަރާކޮށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  4. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތައް އުފައްދަން އެފަރާތްތަކުން ބޭނުންވާ މަޝްވަރާއާއި ލަފާދިނުމާއި، ސަރަޙައްދީ ދާރުލްއާސާރުތައް ހިންގުމާ ގުޅޭ ހުރިހާ ކަމެއްގައި އިރުޝާދާއި ލަފަޔާއި އަދި އެހީތެރިކަން ފޯރުކޮށްދީ އެތަންތަން ހިނގަމުންދާ ގޮތް ބެލުން.

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން

ޤައުމީ ދާރުލްއާސާރުގެ ޔުނިޓްގެ ހެޑުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސެކްޝަން މުވައްޒަފުންގެ މަސައްކަތްތައް އޯވަރއޯލްކޮށް މޮނިޓަރ ކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، އަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ގަވާއިދާއި އަދި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.

މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދުން

ސެކްޝަން ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.

އެހެނިހެން 

ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެ ހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

- މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް އާއި އިނާޔަތްތައް ދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން: www.heritage.gov.mv އިން ލިބެން ހުންނާނެ).
  2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.
  4. ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައި ވާނަމަ އެކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެ ގޮތަށް)
  7. މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ)

ހުށަހަޅަންޖެހޭ ލިޔުންތައް

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއު ކުރުން

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސްކްރީން ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓު ކުރުން

2014 ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:45 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު).

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

އިތުރު މަޢުލޫމާތު

 

23  ޛުލްޤަޢިދާ  1435

18 ސެޕްޓެންބަރު 2014
ހޯދާ