ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިބްރަރީ ހުރި ބިމުގެ އުތުރުފަރާތުގެ ބައެއް 01 ކޮޓަރިއާއެކު ކުއްޔަށް ދިނުމަށް

ދިގުވާނޑު ކައުންސިލުން ޢިމާރާތްކޮށްފައިވާ ލައިބްރަރީ ހުރި ބިމުގެ އުތުރުފަރާތުގެ ބައެއް 01 ކޮޓަރިއާއެކު ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. މިއީ ކެންޓީނެއް ނުވަތަ ރެސްޓޯރެންޓެއް ހިންގުން ފަދަ ކަމަކަށް އެކަށީގެންވާ ތަނެކެވެ. މިކޮޓަރި ކުއްޔަށް ހިފާ ފަރާތަކަށް ގޯތިތެރޭގެ ވަކި ސަރަޙައްދެއްގައި ހަޓް ހެދުމުގެ ހުއްދަ ދެވޭނެއެވެ.

ވީމާ، ލައިބްރަރީ އިމާރާތުގެ އިސްވެ ދެންނެވި ބައި ކުއްޔަށް ހިއްޕެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ދުވަހުގެ 10:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2014 ދުވަހުގެ 10:00 ގައި އަަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވުނު ގަޑިތަކުގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ