ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ރަސްމީދަނޑު ތަރައްޤީކުރުމަށް ކޮންސެޕްޓަކާއި އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓްގެ ކޮންސެޕްޓު އެކުލަވާލުން

ފުވައްމުލަކު ކުރީގެ ރަސްމީދަނޑު ތަރައްޤީކުރުމަށް ކޮންސެޕްޓަކާއި އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓްގެ ކޮންސެޕްޓު އެކުލަވާލުމަށް ކުރި މިއިދާރާގެ ނަންބަރު IUL)243-S01/PRIV/2014/12) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޮންސެޕްޓް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ފުވައްމުލަކު ކުރީގެ ރަސްމީދަނޑު ރަސްމީ ބޭނުންތަކަށާއި ޢާއިލާތައް އެއްވެ ހިތްއުފާކޮށްލާ މައިޒާނެއްގެ ގޮތަށް ތަރައްޤީކުރުމަށްޓަކައި ކޮންސެޕްޓެއް އެކުލަވާލަން ބޭނުންވެއެވެ. އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓެއްގެ ކޮންސެޕްޓްވެސް އެކުލަވާލަން ބޭނުންވެއެވެ.

މިގޮތުން ރަސްމީ ދަނޑަށް އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަށް 10,000.00 ރުފިޔާގެ ފައިސާގެ އިނާމު، އަދި މަރުޙަބާ މޮނިއުމެންޓުގެ ކޮންސެޕްޓަށް 5,000.00 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ފޭސްބްކް ޕޭޖުން ލިބެން ހުންނާނެއެވެ. https://www.facebook.com/visionfuvahmulah

ކޮންސެޕްޓް ހުށަހެޅުން

05 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00އަށް

އީ-މެއިލުންނަމަ: projects@fuvahmulah.gov.mv

ކަރުދާހުން ހުށަހަޅާނަމަ: ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް

އީ-މެއިލުން ހުށަހަޅާނަމަ 05 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:45 ގެ ކުރިން މެއިލްކުރައްވައި މެއިލް ލިބުނުތޯ ޔަގީންކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6865001 / 6862510 ނަންބަރު ފޯނާއެވެ.

22 ޛުލްޤަޢިދާ 1435

17 ސެޕްޓެންބަރު 2014
ހޯދާ