ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

މަޤާމު:

ލޭބަރ (ވަގުތީ) 

ބޭނުންވާ އަދަދު:       

04

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/3,000 ރ. އާއި -/6,500 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

  • އަސާސީ ތަޢުލީމު ފެންވަރުހުރުން
  • ރާނައި ސިމެންތިޖަހަން އެނގުން
  • ކުލަ، ދަވާދު އަދި ވަރުނިސް ލާން އެނގުން
  • ވޯލްޕޭޕަރ ހިއްޕުމުގެ މަސައްކަތް ކުރަން އެނގުން
  • ތެދުވި ވަޑާމުގެ މަސައްކަތް ކުރަން އެނގުން
  • އުސްތަންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލާ ހެދޭ މީހަކުކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން
  • ޢުމުރާއި ޞިއްޙީ ގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

24 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 3 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާތަކެކެވެ.

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠު ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަން އެނގޭކަން އަންގައިދޭ ލިޔުންތަކާއި އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 24 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

21 ޛުލްޤަޢިދާ 1435 

16 ސެޕްޓެންބަރު 2014
ހޯދާ