ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު -/7,875 ރ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރ

އޮފީސް:

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1,975 ރ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްހެއް ލިބެމުންދިޔުމާއި އެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު އެ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއި ކުރެވިފަވޭތޯބަލާ އެ މުވައްޒަފުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރޭތޯ ބެލުން އަދި އިދާރީ ކަންކަމުގައި ހެދިފައިވާ ތައް ދެމެހެއްޓުން.
  • ފަންނީ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއިކުރެވިފައިވޭތޯ ޗެކު ކުރުން. ވަޒީފާ ބަޔާން ޙަވާލުކުރެވިފައިނުވާ މުވައްޒަފުން ވަޒީފާ ބަޔާންގައި ސޮއި ކުރުވުމުގެ ކަންތައް އިދާރީ މަރުކަޒުގެ ކަމާ ބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
  • ފެކަލްޓީގެ މަސައްކަތްތައް/ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން
  • ފެކަލްޓީގެ ޢިމާރާތައް ކުނިކަހާ ފޮޅައި ސާފުކުރުމުގެ ކައްތައް އިންތިޒާމުކޮށް އެރޭވުމާއި އެއްގޮތަށް ކަން ކުރޭތޯ ޗެކު ކުރުން.
  • ފެކަލްޓީގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރުތަކުގެ ކަންތައްތައް މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
  • އިންވެންޓްރީ / ސްޓޮކް ޤަވާޢިދުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ފެކަލްޓީގެ ޢިމާރާތްތަކުގެ މެއިންޓަނަންސް ކަންތައްތައް އިންތިޒާމު ކުރުމާއި ފެކަލްޓީ އިން ގެއްލޭ ތަކެއްޗާއި މުދަލަށް ވާނުވާ ގޮތް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި އިމްތިޙާންތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން ތައްޔާރު ކުރުމުގެ ކަންތައް ހަމަޖެއްސުމާއި އިދާރީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ދިނުން.
  • ފެކަލްޓީގެ ބަޖެޓްތައްޔާރު ކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާ ބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.

    މުވައްޒަފުގެ ކަންތައްތައް ބެލެހެއްޓުން

  • ނޯޓް: މަތީގައިވާ އެންމެހައި ކަންތައްތައް ކުރައްވަންވާނީ ޑީން/ތަން ހިންގެވުމާ ޙަވާލުކުރެވިފައިވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.

   ވަސީލަތްތައް ހޯދައި ބެލެހެއްޓުން

  • ފެކަލްޓީގެ ތަކެތި ބޭނުންކުރުމުގައި ވީހައިވެސް ބޮޑަށް އިސްރާފު ކުޑަ ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި ދެވޭ ޚިދުމަތް ދިނުމުގައި ދެމިހުރުން

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މިމުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެއެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  
18 ސެޕްޓެންބަރު 2014
ހޯދާ